ގަަމުން 22 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނިކޮށް ހެޔޮހާލުގައި ހުއްޓާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔަ ފަރާތަކީ އެ ރަށު ތުނޑީ އަވަށު ކުރިބޯށިގެ، އަމްޖާޒު އަލީ އެވެ.
ފުލުހުން ބުނީ އަމްޖާޒު ގެއްލިގެންވާ ކަމަށް ރިޕޯޓުކުރީ މިއަދު ހެނދުނު 11:45 ގައި ކަމަށެވެ.
އޭނާގެ އާއިލާއިން ބުނީ، އަމްޖާޒުގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ 12:00 ގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖާޒު ގެއްލުނުއިރު ލައިގެން ހުރީ ޓީޝާޓަކާއި ކަޅު ކުލައިގެ ޖީންސެކެވ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ދުއްވި ސައިކަލު މިއަދު މެންދުރު ހޯދުނު ކަމަށެވެ. އޭނާ ފެނުނީ މިއަދު މިއަދު އިރު އޮއްސުނު ވަގުތު ކަމަށެވެ.

.jpg&w=256&q=75)
