ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި 9 ގަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ލިބިފައިނުވާ ފަދަ ފަހުރަކާއި ޝަރަފެއްކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޮސްޓެއްގައެވެ. އެގޮތުން ވިދާޅުވީ ދިވެހީންނަށް އިސްލާމްދީނުގެ ހިޔާދަތު މިންވަރު ކުރެއްވިތާ 900 އަހަރު ފުރުން ފާހަގަކުރައްވާއިރު، ދިވެހިން އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި 9 ގަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ލިބިފައިނުވާ ފަހުރެއް ކަމަށެވެ.
އެހެންކަމުން މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް ދެއްވީތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ތަކުރާރުކުރާ ކަމަށެވެ.

.jpg&w=256&q=75)
