ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާއިރު، ޢާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެއީ މިމަހުގެ 17 އިން ފެށިގެން ޖުލައި މަހުގެ 1 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ.
މި ބިލުގައި ޙާއްސަ ކޯށްފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުުމާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި އިދާރާ އެއް އެކުލަވާލުން ހިމެނުން ހިމެނެއެވެ. މީގެ އިތުރުން، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ވަކި ބާވަތްތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ކަމާބެހޭ ލައިސަންސް ނެގުން ލާޒިމުކޮށްފައިވެއެވެ. އެގޮތުން ވަކި ހުއްދަ ނެތި މިފަދަ މަސައްކަތްތައް ކުރާ ފަރާތްތައް 50 ހާސް ރުފިޔާއިން ފެށިގެން 5 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ވެސް މި ބިލުން ލިބިދެއެވެ. ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ އެ އެޖެންސީގެ ލަފާގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.
ސައިބަރ ސެކިއުރިޓީއާ ގުޅިގެން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ދައުލަތާއި އަމިއްލަ އިދާރާތަކުގެ އުމްރާނީ ވަސީލަތްތަކާއި ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާއި ގުޅިގެން ފުރިހަމަކުރަން ޖެހޭ ކަންކަން މި ބިލުގެ ދަށުން ކަނޑައަޅާނެއެވެ. ޙާއްސަކޮށް ބައިނަލްއަޤްވާމީ ސައިބަރ ނުރައްކާތައް ދެނެގަތުމާއި، އެފަދަ ހަމަލާތަކުން ސަލާމަތްވުމަށް އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުންވެސް މި ބިލާއެކު ވަނީ ހިމަނާފައެވެ.

.jpg&w=256&q=75)
