logo

މެންބަރު ޤައުމުތަކުގެ ރެޒިލިއަންސް ބިނާކުރުމަށް ޓަކައި ކޮމަންވެލްތުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
9 ގަޑިއިރު ކުރިން

އެންމެން ގުޅިގެން މަސައްކަތްކޮށްގެން، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކަންކަމަށް ފަސޭހައިން އަނބުރާ ރުޖޫޢަވުމުގެ ޤާބިލުކަން (ރެޒިލިއަންސް) ބިނާކުރުމަށް ޓަކައި ކޮމަންވެލްތުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ އެންޓީގުއާ އެންޑް ބާބިއުޑާގައި ކުރިއަށްދިޔަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން (ޗޮގަމް) 2026 ގެ ދެވަނަ އެގްޒެކެޓިވް ސެޝަން ގައި ތަޤުރީރު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ތަޤުރީރުގައި، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަމަށް ފަސޭހައިން އަނބުރާ ރުޖޫޢަވުމުގެ ޤާބިލުކަން ބިނާކުރުމަށްޓަކައި ތިން މައިގަނޑު ދާއިރާއަކުން ޢަމަލުކުރުމަށް ހުށަހެޅުއްވިއެވެ. ފުރަތަމަ ދާއިރާއެއްގެ ގޮތުގައި އަލިއަޅުއްވާލެއްވީ ދެމެހެއްޓެނިވި ގޮތެއްގައި ޤާބިލުކަން ބިނާކުރުމަށެވެ. އެގޮތުން، ގޮންޖެހުންތަކަށް ފުރިހަމައަށް އިޖާބަދިނުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށްޓަކައި މެންބަރު ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. undefined މީގެއިތުރުން، ކޮންމެ މެންބަރު ޤައުމެއްގެ ވަކިވަކި އިސްކަންދޭ ކަންކަމާއި ތަރައްޤީގެ އުންމީދުތައް ބަލައިގަންނަ ފަދަ ބައިވެރިވުންތަކެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޤައުމީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމުގެ ބޭނުންތެރިކަމަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި ކޮމަންވެލްތުގެ ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިމާވާ ގޮންޖެހުންތައް އެންމެން ގުޅިގެން ޢަމަލުކުރާނެ ފުރުޞަތުތަކަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ގޮވާލެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ކޮމަންވެލްތުގެ ބައިވެރިވުންތައް ވަރުގަދަކުރުމަށާއި، ކަންކަމަށް ފަސޭހައިން އަނބުރާ ރުޖޫޢަވުމުގެ ޤާބިލުކަން ބިނާކޮށް މެންބަރު ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެއްބާރުލުން ދިނުމަށްޓަކައި ޢަމަލީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަކުރެއްވިއެވެ.

undefined

ad