logo

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބެންކޮކުގައި ދެ ދިވެހިން ހައްޔަރުކޮށްފިކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
14 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބެންކޮކުގައި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ،

ސްޓެއިންލެސް ސްޓީލް ތަރުމޯޒުތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ކްރިސްޓަލް މެތާއި، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅާފައި ހުރި ކެނަބިސް ބަޑްސް ފުލުހުން ހޯދުމާ ގުޅިގެން ބެންކޮކުން ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ބައިނަލްއަޤވާމީ މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދާއި 34 އަހަރުގެ މުޙައްމަދު ވިސާމެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޕްރާތުނާމް ސަރަޙައްދުގައި ހުންނަ ކާގޯ ޚިދުމަތްދޭ ތަނަކަށް ގެންދިޔަ ބޮޑެތި ޕާރުސަލްތަކެއް ތަޙުޤީޤު ޓީމުން ޓްރޭސްކުރުމަށް ފަހުގައެވެ.

undefined

މި ތަޙުޤީޤު ފަށާފައިވަނީ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު، ޓޭޕް އަޅައި ވަރަށް ބާރަށް ބަންދުކޮށްފައި ހުރި ބޮޑެތި ފޮށިގަނޑުތަކެއް ހިފައިގެން ބޭރުގެ ފިރިހެނަކު އެތަކެތި ފޮނުވަން އައިސް އިންކަމުގެ މަޢުލޫމާތު ޖާސޫސީ ފަރާތަކުން ފުލުހުންނަށް ދިނުމާ ގުޅިގެންނެވެ.

އެ ފޮށިތައް ވަރުގަދައަށް ބަންދުކޮށްފައި ހުރި ނަމަވެސް، ޕާރުސަލްތަކުން ގަދަ ވަހެއް ދުވަމުންދިޔައެވެ. އެހެންކަމުން އެ ފޮށިތަކުގައި ޤާނޫނާ ޚިލާފު އެއްޗެއް ހުރެދާނެ ކަމަށް މުވައްޒަފުންނަށް ޝައްކުވެ، އެމީހާ ގާތު އެތަކެތި އަނބުރާ ގެންދިއުމަށް އެންގުމަށްފަހު ފުލުހުންނަށް މަޢުލޫމާތު ދިނެވެ.

އޭގެ ފަހުން ތަޙުޤީޤު ޓީމަށް މި ޕާރުސަލްތައް ފެނުނީ ރަޗަތޭވީ ޑިސްޓްރިކްޓްގެ ސޮއި ޕެޗަބުރީ 11 ގައި ހުންނަ ޑޯމިޓަރީއެއްގެ ދަށުގައި ބަހައްޓާފައި ހުއްޓައެވެ. ބެލެވޭ ގޮތުގައި އެއީ އެހެން ޑެލިވަރީ ކުންފުންޏެއް މެދުވެރިކޮށް އެތަކެތި ފޮނުވުމަށްޓަކައެވެ.

ފުލުހުން އެ ސަރަޙައްދު މޮނިޓަރ ކުރަމުން ދަނިކޮށް، އެ ފޮށިތައް އުފުލުމަށްޓަކައި ބޭރުގެ ދެ ފިރިހެނަކު ޓުކްޓުކެއް ހުއްޓުވިތަން ފެނުމުން، ފުލުހުން ވަގުތުން އެމީހުންގެ ކައިރިއަށް ގޮސް އެ ޕާރުސަލްތައް ބަލައި ފާސްކުރިއެވެ.

އެ ފޮށިތަކުގެ އެތެރެ ބެލިއިރު، ކްރިސްޓަލް މެތު އަޅާފައި ހުރި އިންސިއުލޭޓް ކޮށްފައިވާ ސްޓެއިންލެސް ސްޓީލްގެ 8 ތަރުމޯޒު ފެނުނެވެ. އަދި ކޮންމެ ތަށީގެ ތެރޭގައި ގާތްގަނޑަކަށް 200 އާއި 300 ގްރާމާ ދެމެދުގެ އަދަދަކަށް މަސްތުވާތަކެތި ފޮރުވާފައި ހުއްޓެވެ. ފެނުނު މެތުގެ ޖުމްލަ ބަރުދަނަކީ 2.37 ކިލޯގްރާމެވެ.

ad