logo

އައްޑޫ ސިޓީގައި ކަނޑު އުޅަނދުފަހަރު ސާވޭކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
11 ގަޑިއިރު ކުރިން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އިން އިންތިޒާމުކޮށްގެން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާވޭކުރުމާއި ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

2026 ނޮވެންބަރު 9އިން 10އަށް ދެ ދުވަހުގެ މުއްދަތަކަށް މި ތަމްރީން ކުރިއަށް ގެންދިޔައީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ޕްރޮގްރާމުގައި އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލުގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުގެ ކަމާގުޅޭ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ އުޅަނދުފަހަރު ސާވޭކުރުމާއި ސެޓްފިކެޓް ދޫކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން ބައިވެރިންގެ ހޭލުންތެރިކަން އިތުރުކޮށް، އެ ދާއިރާއިން މަސައްކަތްތެރިންގެ ފަންނީ ގާބިލުކަން ވަރުގަދަކުރުމެވެ.

ad