ރާއްޖޭގައި ދިރިއުޅޭ ޝަރުތު ހަމަވާ ބޭރު މީހުންނަށް ރައްޔިތުކަން ދީގެން ރާއްޖެ ގެނައުމަށް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ގޮވާލީ ނަޝީދު އެފަދައިން ގޮވާލީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ފެއްޓެވި ދަތުރުގެ ތެރެއިންނެވެ. ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތަކެއް ޤާނޫނުއަސާސީގައި އެބަހުރި ކަމަށާއި، އެ ޝަރުތުތައް ހަމަވާ ބޭރު މީހުން ރާއްޖެ ގެންނަންވީ ކަމަށެވެ. ނަޝިދު ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެއްސަކަށް ވުމުގެ ޝަރުތުތަކެއް ހުންނަ ކަމަށާއި، އެ ޝަރުތުތައް ހަމަވާ، ބޭރު މީހުން ރާއްޖެ ގެނެސް ދިވެހި ރައްޔިތުކަން ދިނުމަކީ ގޯހެއްް ނޫން ކަމަށެވެ.
އަދި މި ކަމަށް މިސާލު ޖައްސަވާ ނަޝިދު ވިދާޅުވީ ފަލަސްތީނު ފަދަ މެދުއިރުމަތީގެ ގައުމުތަކުގައި ވަންނާނެ ތަނެއް ނެތިފައި ތިބި މޮޅެތި މީހުންގެ އާއިލާތައް ރާއްޖެ ގެނެވިދާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގަވެސް ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.


