logo

މާލޭ ޓެކްސީ ލައިންއިން އަގު ނަގަން ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

މާލޭ ޓެކްސީ ލައިންއިން އަގު ނަގަން ފަށައިފިއެވެ.

އެމްޓީސިސީން ކުރި އިއުލާނެއްގައި ބުނީ މާލޭ ޓެކްސީ ލައިން" ގެ އަގުތައް މިއަދުން ފެށިގެން ނަގަން ފަށާފައިވާ ކަމަށެވެ. އަދި އެމްޓިސީސީގެ އެޕް މެދުވެރިކޮށް ބުކްކޮށް، ފައިސާ ދެއްކޭނެ ކަމަށެވެ. އިތުރު މައުލޫތު ހޯދަން ހޮޓްލައިން 1655 އަށް ގުޅއްވުމަށާއި، ފަސޭހަ، އިތުބާރު ހިފޭ އަދި ހިތްފަސޭހަ ދަތުރެއް ކޮށްދިނުމަކީ އެބޭފުޅުންގެ އަމާޒޒު ކަމަށެވެ.

ދަރުތުކުރާ އަގުތައް:

1. މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2ގެ އެތެރޭގެ ދަތުރު : 30 ރުފިޔާ

2. ހުޅުމާލެ ފިޔަވަހި1އިން ހުޅުމާލެ ފިޔަވަހި2އަށް : 40 ރުފިޔާ

3. މާލެ'އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ'އަށް : 70 ރުފިޔާ

4. ހުޅުމާލެ ފިޔަވަހި1އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި1އަށް : 80 ރުފިޔާ

5. މާލެ'އިން ހުޅުމާލެ ފިޔަވަހި1އަށް، އަދި ހުޅުމާލެ ފިޔަވަހި1އިން މާލެ'އަށް : 85 ރުފިޔާ

6. ހުޅުމާލެ ފިޔަވަހި2އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި2އަށް : 85 ރުފިޔާ

7. މާލެ'އިން ހުޅުމާލެ ފިޔަވަހި2އަށް، އަދި ހުޅުމާލެ ފިޔަވަހި2އިން މާލެ'އަށް : 100 ރުފިޔާ

ދަތުރުފަތުރު ކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށް މި ހިދުމަތް ދިނުމަށް މާލޭގައި އެމްޓީސީސީން ޓެކްސީ ލައިން ތައާރަފް ކުރީ މި މަހުގެ 2 ގަ އެވެ. މި ހިދުމަތަށް ބޭނުން ކުރަނީ އިލެކްޓްރިކް ވެހިކަލް (އީވީ) ކާރުތަކެވެ.

ad