ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަލީ އާރިފް މިއަދު އިސްތިއުފާ ދެއްވީ މިއަދުއެވެ. އަލީ އާރިފަކީ, ރައީސް ޑރ. މުޙައްމަދު މުއިއްޒާ އާއިލީ ގުޅުން އޮތް ބޭފުޅެކެވެ. އެއްބަނޑު ދެބޭންގެ ދެދަރިންނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބަށްފަހު ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިން ފެށިގެން ބައެއް ބޭފުޅުން މަގާމުން ދަނީ ވަކިކުރަމުންނެވެވ.
އަލީ އާރިފް އިސްތިއުފާ ދެއްވާފައިވާކަން ސަރުކާރުންވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އަލީ އާރިފް އިސްތިއުފާ ދެއްވާފައިވާއިރު، މިއީ މިފަހުން އިސްތިއުފާ ދެއްވި ފުރަތަމަ މިނިސްޓަރުއެވެ.


