logo

ނިޔާވީ ހުރި ހަމައެކަނި ދަރިފުޅު، 8 ގަޑި އިރު ކުރިން ސްޓޯރީ އަށް އެ ދޫކޮށްލީ ކޮންފަދަ އަސަރުގަދަ މެސެޖެއް ހެއްޔެވެ.

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 މަސް ކުރިން
އަޝަފާ އާއި އޭނާގެ ދަރިފުޅު އަލްސަން

އަޝަފާ އާއި އޭނާގެ ދަރިފުޅު އަލްސަން

ކުއްލި އެކްސިޑެންޑާއި އެކު މުޅި ރާއްޖެ ސިހުންގެނުވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހުރި ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދު ނިޔާވި ޙަބަރުންނެވެ.

މުޅި ސޯޝަލްމީޑިއާ ބަންޑުންވެފައިވަނީ އެއް އަޑަކުން އެއް އިބާރާތަކުން އެ ދެ ލަވަކިއުން ތެރިންނަށް ހަމްދަރުދީގެ ޝުއޫރުތަކެވެ. އާދޭހެވެ. ވާނީވެސް އެހެންނެވެ. އިހަކަށްދުވަހު ސުކޫލް ނިންމާ މަންމައާއި ބައްޕަގެ ފޮނި ހުވަފެން ހަނގީގަތަކަށް ހެދުމުގެ ފޮނި އަޒުމުގައި ހުރި އެ ލޯބި ފުރާނަ ވަކިވެދިއުމަކީ އެދެމީހުންނަށް ބަރުދާސްތުކުރެވޭނެ ވޭނަކަށް ނުވާނެތީއެވެ. ބޮޑުތަކުރުފާނު މަގުގައި ހިނގި އެއެކްސިޑެންޓުގައި ދުއްވަމުންދިޔަ ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ 17 އަހަރުގެ އަލްސަން މުހައްމަދެވެ.

undefined

މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ ތޭރަ އަދި އެދެމީހުންގެ ދަރިފުޅު އަލްސަން

ކޮންމެ ކަމެއް ވެސް މޮޅަށް ދެނެވޮޑިގެންވާނީ ގަދަ ކީރިތިވަންތަ މާތް ﷲ އެވެ. އެކުއްޖާގެ ފުރާނަ މިދުނިޔެއާއި ވަކިވެ ނިމިދިޔައީ މަންމަޔާއި ބައްޕަ ގަބޫލު ކުރި ގޮތަކަށްނޫނެވެ. އަދި އެދޭނެ ވެސް ގޮތަކަށް ނޫނެވެ. އެހެނަސް ގަދަ ކީރިތިވަންތަ ﷲ ގެންދަވަން ހުރި އިންސާނާ ވަގުތު އަރާ ހަމަވުމުން ގެންދެވީއެވެ. ވަގުތަކީ ހާދަ ކުރު އެއްޗެކެވެ. ނޭގޭ ކަމަކީ ވަގުތައް ތައްޔާރުވުމެވެ. ދެންވާނެ ގޮތެކެވެ. ﷲ ކުޅަދުންވަންތަ ކަމުގެ ގަދަފަދަ ކަމާއެވެ.

އަޝްފާ އޭނާގެ އިންޓަރގްރާމް ސްޓޯރީއަށް އެ ހިތްދަތި ހަބަރު ލިބުމުގެ އަށެއްކަ ގަޑި އިރުކުރިން ދޫކޮށްލި ރީލް އަކީ ފަހަރެއްގަވެސް އޭނާ ހަޔާތަށް އަންނަން އުޅޭ ހިތާމަވެރި ހާދިސާއާއި ގުޅުންހުރި ރީލްއެއް ކަމެއް އޭނާ ނުދެނެ ހުއްޓެއެވެ. އެހެނަސް ހަވީރު ވަގުތުގައި އޭނާ އާންމު އުސޫލުން އިންސްޓަރ ގްރާމް ސްޓޯރީ އަށް ދޫކޮށްލީ ރީލް ވެގެންދިޔައީ އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި އަސަރުގަދަ އިބާރާތް ކޮޅެކެވެ. ހުރި ހަމައެކަނި ދަރިފުޅު ވަކިވުމުގެ 8 އެއްކަ ގަޑި އިރުކުރުން އެ ސްޓޯރީއަށް ދޫކޮށްލި ރީލް އިން ބުނެދެނީ ކޮންމެ ވަގުތަކުވެސް މަރު ބައްދަލުކޮށްފާނެ ކަމެވެ. އަދި މަރުގެ މަލާއިކަތާ އައުމުން ކަމެއް ލަހެއް ފަހެއް ނޯންނާނެ ކަމެވެ. ކުރެވޭނެ ކަމެއްވެސް ނޯންނާނެ ކަމެވެ.

ކޮންފަދަ ބޮޑު ހަގީގަތެއް ހެއްޔެވެ. އޭނާގެ ހުރި ލޯބި ލޯބި ފުރާނަވެސް މިދުނިޔެ ދޫކޮށް އެ ދިޔައީ އެ މަންމަޔާއި ބައްޕަގެ ހިތް ރޮއްވާފައެވެ. އަދި މުޅި ރާއްޖެ ވެސް ރޮއްވާފައެވެ.

މާތް ﷲ އަޝްފާއާއި ތޭރަ އާއި، މުޅި އާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަލްސަންގެ ފާފާ ފުއްސަވާ ހެޔޮ ރަހްމަތް ލައްވާށިއެވެ.

އިއްސޭ

އާމީން !

ad