logo

ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ނިންމައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ދުވަސް ކުރިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓް ބޮޑު ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަމަށެވެ.

ރައީސް މީގެކުރިން ވިދާޅުވެފއިވަނީ ބީއެމްއެލްގެ ކާޑުތަކުން، ރާއްޖެ އިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ވެސް އިތުރު ކުރާނެ ކަމަށެވެ. އަދި ގާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބޭ މިންވަރުއިތުރުކުރެވޭނެ ކަމަށާއި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަންވެސް އިތުރުކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުން ކަމަށެވެ.

ad