logo

އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެ ދިން ޙަމަލާ، ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

އިސްރާއީލުގެ އަސްކަރިއްޔާ އިން އަލްއަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެ ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިންމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލްއަގްސާ މިސްކިތަށް އަޅުކަން ކުރާ މީހުން ވަނުން މަނާކޮށް އިޒްރާއީލުން ވަދެގަތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށާއި އެއީ އަލްއަގްސާ މިސްކިތުގެ މާތްކަމާއި ގާނޫނީ ހައިސިއްޔަތު ގެއްލޭ ގޮތަށް ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.

އިޒްރޭލުން ދަނީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގަމުންދާކަން ސާބިތުކޮށްދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށެވެ.

އަދި ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އިންސާނީ ޙައްޤުތަކާ ޚިލާފަށް އިސްރާއީލުން މެދުނުކެނޑި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ "ސްޓޭޓަސް ކޯ" ނުވަތަ އޮންނަންޖެހޭ އަސްލު ހާލަތު އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް އެ ޤައުމު ޒިންމާދާރުކުރުވަނެޖެހޭ ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލާކަމަށެވެ.

ad