logo

ދެން ރަށަކަށް ވަޑައިގެންނެވޭނީ ރައްޔިތުން އެދިވަޑައިގެންފިއްޔާ: ރައީސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން
ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ: ޕީއެންސީ

ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ: ޕީއެންސީ

ދެން ރަށަކަށް ވަޑައިގެންނެވޭނީ ރައްޔިތުން އެދިވަޑައިގެންފި ކަމުގައި ވާނަމަ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުންވެ. އެގޮތުން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ބޭނުމުގައި ރަށްރަށަށް ވަޑައިގެން ރައްޔިތުން ގާތަށް ދިއުމަށް ގަސްދު ނުކުރައްވާ ކަމަށާއި، ސަރުކާރުން ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިންމައި އެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ރައްޔިތުން އެދިވަޑައިގެންފިއްޔާ އެރަށަކަށް ގޮސްދާނެ ކަމަށެވެ.

ރައިސް ވިދާޅުވީ މަސައްކަތްޕުޅު ކުރައްވަނީ ގައުމީ ވިސްނުމެއްގައި ކަމަށެވެ. އަދި ގައުމަށް ހެވެއް ހޯދުމަށް ކަމަށެވެ. ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ވިދާޅުވަމުން ރައީސް ފާހަގަ ކުރެއްވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ބޮޑަށް ބައްދަލުކޮށް، ތަރައްގީގެ މަޝްރޫއުތަކުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް މިވީ މުއްދަތުގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ ނިސްބަތުން ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ. އަދި ރައްތަކަށް ވަޑައިގަތުމަކީވެސް ރައީސްގެ ވައުދެކެވެ. ރައީސް ވަނީ ރައްޔިތުންނާ ސިލްސިލާކޮށް ސީދާ ބައްދަލުވުންތައް ބާއްވާ ގައުމުގެ ތަރައްގީގެ މާސްޓާރ ޕްލޭނަށް ބޭނުންވާ މައުލޫމާތުތަކަށް ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ޙިޔާލާއި މަޝްވަރާވެސް ހޯދާފައެވެ.

ad