logo

ފުރާނަ ސަލާމަތުން ތިބިއްޔާ 2028 ގެންދާކަށެއް ނުކެރޭނެ، ކާމިޔާބު ކުރާނީ ޕީއެންސީން: މެމްބަރު ސަލީމް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ފުރާނަ ސަލާމަތުން ތިބިއްޔާ އިދިކޮޅަށް 2028 ގެ އިންތިހާބު ކާމިޔާބު ކޮށްގެން ގެންދާކަށެއް ނުކެރޭނެ ކަމަށާއި، 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ މިހާރު ވެރިކަން ކުރާ ޕިއެންސީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރައްޔިރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ ދާދި ފަހުން ބޭއްވި ކައުންސިލްތަކުގެ އިންތިހާބުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން ވެސް ޕީއެންސީ ބަލިވެފައިވާ ކަމަށް ބަޔަކު ވާހަކަ ދެއްކިޔަސް އެކަން ހިނގީ އެގޮތަށް ނޫން ކަމަށާއި، ބަލިވީ ކަމަށް ބުންޏަސް ގަބުލުނުކުރާ ކަމަށެވެ.

އެ އިންތިހާބުތަކުގައި ޕިއެންސި ބަލިވެ އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާ ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް އެއީ ބައްޔެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ސަލީމް ވިދާޅުވީ ތާރީހަށް ބަލާއިރުގައި އެއްވެސް އިރެއްގައި ޑިމޮކްރަސީ އުފެދުނުފަހުން މިހާތަަނަށް ރާއްޖޭގައި ވެރިކަންކުރި އެއްވެސް ބަޔަކަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބިފައެއް ނެތް ކަމަށެވެ.

ސަލީމް ވިދާޅުވީ މި ނިމުނު އިންތިހާބުތަކުން މާ ބޮޑު ޖަތީޖާއެއް ލިބުނު ކަމަށް ހީކޮށް، 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ހުވަފެން އެމްޑީޕީން ދެކެމުން އަންނަ ކަމަށާއި، ނަމަވެސް އެކަން ކާބިޔާބު ނުވާނެ ކަމަށެވެ.

އިދިކޮޅުން މިހެން ކިޔަނީ ހުވަފެނުގައި ކަމަށާއި، އިންތިހާބުން ނަތީޖާ ތަކެއް ލިބިފައިވާ ކަމަށް ހިކޮށް ކިތަންމެ ވަރަކަށް ފުއްޕައިގެން ތިއްބަސް 2028 އެއް ނުލިބޭނެކަމަށެވެ. ފުރާނަ ސަލާމަތުން ތިބިއްޔާ 2028 ގެންދާކަށެއް ނުކެރޭނެ ކަމަށެވެ. އެހެންކަމުން 2028 ގެންދާނީ ޕީއެންސީން ކަމަށް އޭނަ ވިދާޅުވި އެވެ.

ad