logo

މިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި 107 މިލިއަން ރުފިޔާ ވަނީ ލިބިފަ: މީރާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ނިމުނު 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފައިވާ އަދަދެވެ. މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107،205،043 ރުފިޔާ ވަނީ ލިބިފައެވެ. މުދަލު ޒަކާތުގެ އަދަދު އެންމެ މަތިވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. 2024 ވަނަ އަހަރު ލިބިފައިވަނީ 102،281،507 ރުފިޔާއެވެ. އެހެންކަމުން މިއީ %4.8 އިތުރު އަދަދެކެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނައި މިދިޔަ ޑިސެންބަރ މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ބުނީ ޑިސެމްބަރ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައެވެ.

ރާއްޖޭގައި މިހާރު މުދަލުގެ ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާކަންފާހަގަވެއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް ދިނުގައި ކަނޑައަޅާފައިވާ ފަރުޟެކެވެ

ad