logo

ސްޕިރިޓް އެއާލައިންސް ހުއްޓާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

އެމެރިކާގެ ބަޖެޓްގެ އެއާލައިންސް، ސްޕިރިޓް އެއާލައިންސްގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

ސްޕިރިޓް އެއާލައިންސް" އިން އެ ކުންފުނީގެ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލާފައިވަނީ ތެލުގެ ދަތިކަމާއި ގުޅިގެންނެވެ. މިއީ އެމެރިކާގެ މަޝްހޫރު ބަޖެޓް އެއާލައިނެއެވެ.

އެ އެއާލައިނުން ބުނީ އޮޕަރޭޝަން ހުއްޓާލަން ނުޖެހިވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެކަމަކު އެކަންކަން ނާކާމިޔާބުވެފައިވާތީ، އެއާލައިންސް ހުއްޓާލަން ނޫން ގޮތެއް ނެތީ ކަމަށެވެ. ސްޕިރިޓް އެއާލައިންސް ހުއްޓާ ނުލައި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އެމެރިކާގެ ސަރުކާރުގައި 500 މިލިއަން ޑޮލަރުގެ އެހީއަކަށް ވެސް އެދުނު ކަމަށާއި، އެކަން ވެސް ކާމިޔާބުނުވެ އެ އެއާލައިންގެ އޮޕަރޭޝަންތައް ހުއްޓާލީ ކަމަށެވެ. ނަމަވެސް ޓިކެޓް ނަގާފައިވާ އެންމެންނަށް ރިފަންޑް ލިބޭނެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް އެެއާލައިނުން ބުނެއެވެ.

ސްޕިރިޓް އެއާލައިންސް ބުނީ މާލީ ވަރަށް ބޮޑެތި ދަތިތަކުގެ ތެރެއަށް އެއާލައިން ވެއްޓިފައި ވަނިކޮށް، އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އެރި ލޮޅުމާ އެކު އިތުރު ދަތިިތައް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ގާތްގަނޑަކަށް 17،000 މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ad