އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައިި-އިލެކްޝަނަށް ވާދަކުރައްވާ ދެ ކެންޑިޑޭންޓުންގެ ނަން ތަރުތީބު ކުރަން މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އިން ގުރުލައިފި އެވެ.
ޖޫން ހަ ވަނަ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތު މިއަދު އިސީގަ އޮތް އިރު، ކެންޑިޑޭޓް ނަމްބަރު 1 އަށް ލިބުނީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އަށެވެ. ކެންޑިޑޭޓް ނަންބަރު 2 އަކީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިފައިވަނީ އެ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖޫން ހަ ވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.


