logo

ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާ  މީހުންގެ އަދަދު އިތުރުވާނެ: ފަލާހު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމުން ރާއްޖޭގެ އާބާދީގެ 80 އިންސައްތަ އާއި 90 އިންސައްތަ މީހުން ވޯޓުލާން ނުކުންނާނެ ކަމަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ތިނަދޫ ސިޓީގެ މާލޭ އޭރިއާގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ފަލާހް ފާހަގަ ކުރެއްވީ ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންނަށް ލިބޭނެ ފައިދާއަކީ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އެތައް ހާހަކުން އިތުރުވެގެންދާނެތީ ކަމަށެވެ. އަދި އެތައް ޕަސެންޓޭޖެއް އިތުރުވުން ކަމަށެވެ. އަދި އިންތިހާބުތައް ވަކިން ބޭއްވީމާ ވާ ގޮތަކީ ރައްޔިތުން ދެމަހުން ދެމަހުން އިންތިހާބުތައް އޮތީމަ ފޫހިވުން ކަމަށެވެސް ވިދާލުވިއެވެ. މީގެ އިތުރުން ފާހަގަ ކުރެއްވީ ވޯޓުލާން ނުކުންނަ ހިތް ނުވާ ކަމަށާއި، އެހެންނަމަވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ %80 ނުވަތަ %90 މީހުން ވޯޓުލާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ މިހެން އުޅެން ހަދައިގެން ލިބޭނީ ލަނޑެއް ކަމަށާއި، ދެމީދާ ފަހާދުވި ބުޅަލަށް ލިބުނު ލަނޑުހެން ކަމަށެވެ. އެއްތާކުވެސް ނުޖެހި ދާނެ ކަމަށެވެ. އެހެންކަމުން އކެނޑިޑޭޓުން ވިސްނަންނެޖެހޭ ކަމަށެވސް ފަލާހް ވިދާލުވިއެވެ.

އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ އިންތިހާބުގައި ދެ އިންތިހާބު އެއްކޮށްލަން ފެންނަ ކަމަށް ރަނގަޅު ފާހަގަ ޖަހައިދިނުމަށް ފަލާހު ވަނީ އެދިލައްވާފައެވެ. ފަލާހް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަނީ އެއްކޮށް ކަމަށާއި، އަދި އެކަން އެގޮތަށް ގިނަ ގައުމުތަކުން ކުރަމުން ގެންދަނީ ވަރަށް ގިނަ ފައިދާތައް އޭގެ ސަބަބުން ލިބޭތީ ކަމަށް ވިދާޅުވިއެވެ.

އިންތިހާބަކާ ދިމާވާ ކޮންމެ ފަހަރަކު ދައުލަތުން އެތައް ހަރަދެއް ކުރަން ޖެހޭ ކަމަށާއި ދެ އިންތިހާބު އެއްކޮށްލުމުން އާބާދީގެ ބޮޑު އިންސައްތައެއް ވޯޓުލާން ނުކުންނާނެ ކަމަށެވެ. އޭރުން ދައުލަތުގެ ބަޖެޓަށްވެސް ލުއިވެގެންދާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ad