logo

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން
ހުޅުމާލެ ފޭސް އެކެއްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަ ހުޅުވުން / ފޮޓޯ: އެސްޓީއޯ

ހުޅުމާލެ ފޭސް އެކެއްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަ ހުޅުވުން / ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު ފިހާރައެއް ހުޅުމާލެ ފޭސް އެކެއްގައި ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭގެ ރީތިގަސް މަގުން ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައި ހަދާފައިވާ މި ފިހާރަ ހުޅުއްވައިދެއްވީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި، މި އައު ފިހާރަ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، އާންމު ރައްޔިތުންނަށް ބޭނުންވާނެ އަސާސީ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެސްޓީއޯ އިން ބުނީ ހުޅުމާލޭގައި އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އެ ކުންފުނީގެ އިތުރު ފިހާރައެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެއް ކަމަށެވެ. އެހެންކަމުން، މި އައުޓްލެޓާއި އެކު ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އެސްޓީއޯ އިން ވިއްކާ މުދާތައް ފަސޭހަ ކަމާއިއެކު ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

undefinedހުޅުމާލެ ފޭސް އެކެއްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަ / ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު، ހަނޑޫ ހަކުރު އަދި ފުށުގެ އިތުރުން އަސާސި ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވިގެން ދިޔަ 23 ބާވަތް މި އައުޓްލެޓުން ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއްގޮތަށް ހުޅުމާލޭ އައުޓްލެޓުން އާއްމުންނަށް ލިބިގެންދާނެއެވެ. މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް މި އައުޓްލެޓުން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ މި އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ހުޅުމާލޭގައި އުޅުއްވާ ވިޔަފާރި ވެރިންނަށް ހޯލްސޭލްކޮށް މިތަކެތި ދޫކުރުމުގެ އިންތިޒާމުވެސް ހަމަ ޖެހިގެންދާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ މި އައުޓްލެޓަކީ ރަމަޟާން މަހާއި ގުޅިގެން ހުޅުވުނު އައުޓްލެޓެއް ކަމުގައި ވިޔަސް ކުރިއަށް އޮތް ތާނގައިވެސް މި އައުޓްލެޓްގެ ޚިދުމަތް އާމުންނަށް ލިބިގެންދާނެ ކަމަށެވެ.

ad