logo

ބ. މާޅޮސް ބަނދަރުހެދުމުގެ މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ބ. މާޅޮސް ބަނދަރުހެދުމުގެ މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:

މިހާރު އޮތް ބަނދަރު ފުންކުރުން – 11,044 ކިއުބިކް މީޓަރ

އައު ބަނދަރު ފުންކުރުން – 46,194 ކިއުބިކް މީޓަރ

މިހާރު އޮތް ޗެނަލް ފުންކުރުން – 1,529 ކިއުބިކް މީޓަރ

ބޯޓު ބީޗިންގ އޭރިއާ ފުންކުރުން – 11,709 ކިއުބިކް މީޓަރ

ޗެނަލް ބްރޭކްވޯޓަރ – 81 މީޓަރ

ބަނދަރު ބްރޭކްވޯޓަރ – 221 މީޓަރ

ރިވެޓްމަންޓް – 453 މީޓަރ

ގްރޮއިން – 40 މީޓަރ

އެއްގަމު ތޮށި – 510 މީޓަރ

ސްކަވަރ އެޕްރަން – 510 މީޓަރ

މޫރިންގ ބޯއި – 11 ނަންބަރ

ރޭމްޕް – 11 މީޓަރ * 11 މީޓަރ

ނެވިގޭޝަން ލައިޓު – 2 ނަންބަރ

ބަނދަރު ލައިޓު – 19 ނަންބަރ

ޕޭވްމަންޓް – 2,365 އަކަ މީޓަރ

ކާބް – 363 މީޓަރ

މާޅޮހު ބަނަދަރު އަލުން ތަރައްގީ ކުރަނީ 2006 ވަނަ އަހަރު މާޅޮހުގައި ތަރައްގީ ކުރި ބަނދަރު މާގިނަ ދުވަސް ތަކެއް ނުވެ ހަލާކުވުމާއި ގުޅިގެން ބަނދަރު ބޭނުންކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފަވާތީއެވެ. މާޅޮހުގައި 2006 ވަނަ އަހަރު ހަދާފައިވާ ބަނދަރު މަރާމާތުކޮށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި ދިޔަ އަހަރުގެ ފެބްރުއަރީ 23 ގައެވެ. މިއީ 69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ad