logo

ހުޅުމާލެ، މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ބަލަން ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ހުޅުމާލެ، މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ، މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް 2026 ޖުލައި 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ. ބައެއްފަހަރު މިސްކިތްތަކަށް ގެއްލުންދޭ މީހުން ހޯދާ އަދަބަުވެސް ވަނީ އެކިފަހަރުމަތިން ދީފައެވެ.

ad