logo

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރާނެ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

‏މިނިވަން ދުވަސް އަދި މިނިވަން ދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި މާލެ ސަަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުންނާއި އައްޑޫ އިމިގްރޭޝަން އޮފީހުން ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މިނިވަން ދުވަހާއި ގުޅިގެން މިއަދާއި މާދަމާ ސަރުކާރު ބަންދެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް އޮންލައިންކޮށް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބެމުން ދާނެއެވެ.

އަދި އިމިގްރޭޝަންގެ މާލެ އައި އައްޑޫ އޮފީހުން ހެނދުނު 8:30 އިން 17:00 އަށް ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ދެމުން ދާނެއެވެ. މިގޮތުން ކިއުބީ އެޕްލިކޭޝަން ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަމްބަރު ނެގޭނެއެވެ. އަދި ހުޅުމާލެ އިމިގްރޭޝަނުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ހެނދުނު 8:30 އިން 16:00 އަށް ލިބިގެން ދާނެއެވެ. މިގޮތުން ކިއުބީ އެޕްލިކޭޝަން ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަމްބަރު ނެގޭނެއެވެ.

އިމިގްރޭޝަނުން ބުނީ، މެޑިކަލް އެމާޖެންސީ ހާލަތްތަކުގައި 9555333 އަށް ގުޅައިގެން ޕާސްޕޯޓްގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.

ad