މިއަދު ކުރިއަށްދިޔަ ދ. މީދޫ ކައުންސިލް ރައީސް ހޮވަން ބާއްވި ދެވަނަ ބުރަށްފަހު އެގޮނޑި ޕިއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވޯޓުލުން ފެށީ ހެނދުނު 8:00 އިން 4:00 އާއި ހަމަޔަށް ކަމަށެވެ. މިދޫގައި ވޯޓް ލިބުމުގެ ހައްގު 1049 މީހަކަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ.
މި އިންތިހާބުގައި 3 ފޮއްޓެއް ބަހައްޓިއެވެ.
މީދޫ ކައުންސިލް ރައީސް އެއް ހޮވުމަށް ބޭއްވި މި އިންތިހާބުގައި ދެވަނަ ބުރެއް ބާއްވާފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި 2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެންނެވެ.
އެގޮތުން އެޕްރީލް 4 ގައި ކުރިއަށްދިޔަ ކައުންސިލް އިންތިހާބުގައި ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ ޢަދަދު ވަނީ އެއްވަރުވެފައިވާތީއެވެ.
މި އިންތިޚާބުގައި ވާދަ ކުރީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެނޑިޑޭޓް ސުހާ އާއި، މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ކެނޑިޑޭޓެް ޝާހިދުއެވެ. ޝާހިދެވެ. ފުރަތަމަ ބުރުގައި ސުހާ އަށް ވެސް އަދި ޝާހިދަށް ވެސް ލިބުނީ 392 ވޯޓެވެ.
މި އިންތިހާބުގައި ސުހާގެ ނަތީޖާއިން ގޮނޑި ކަށަވަރުވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ސުހާ އަށް ވޯޓް ދެއްވި އެދާއިރާގެ ލޮބުވެތި ރައްޔިތުންނަށާއި، އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

.jpg&w=256&q=75)
