logo

ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، ފައިސާ ނެގި ޑެޕިއުޓީ މިނިސްޓަރު ވަކިކޮށްފި

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

ސަރުކާރުގެ ފްލެޓާއި، ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމުގެ ތުހުމަތުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މަޤާމުން ވަކިކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މި މަހު އޭނާ ވަނީ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކި ވެސް ވަނީ ވަކި ކޮށްފައެވެ.

މި މައްސަލާގައި އޮޅުވާލައިގެން ހޯދާފައިވަނީ ކިހާ ފައިސާއެއްކަމެއް އަދި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަކީ އާއްމު ކަމަކަށްވާއިރު، ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އޮޅުވާލައިގެން ހޯދާފައިވާކަން އަންނަނީ ފާހަގަކުރެވެމުންނެވެ.

ad