logo

އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ އަދި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމް.ޑަބްލިޔު.އެސް.ސީން ޙަވާލުވެ މަސައްކަތް ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމް.ޑަބްލިޔު.އެސް.ސީއިން ރަސްމީކޮށް ހަވާލުވެ، ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފެށުމަށް ވަނީ ހަމަޖެހިއްޖެއެވެ.

އެމްޑަބްލިއު އެސްސީން ބުނީ މީޓަރ ރީޑިންގ ނެގުމަށްޓަކައި، އެ ކުންފުނީގެ މުވައްޒަފުން، ރަސްމީ ޔުނިފޯމުގައި، ގޭބިސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކި ޢިމާރާތްތަކަށް ޒިޔާރަތްކުރަމުން ގެންދާނެ ކަމަށާއ، އެ މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަދި، އެމް.ޑަބްލިޔު.އެސް.ސީއިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ހޯއްދެވުމަށްޓަކައި، އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރައްވައި އެކައުންޓް ރަޖިސްޓްރީ ކުރެއްވުމަށް ވެސް ވަނީ ދަންނަވާފައެވެ..

ފެނާއި ނަރުދަމާގެ ޚިދުމަތް އެމް.ޑަބްލިޔު.އެސް.ސީގެ ދަށަށް ބަދަލުވަމުންދާ މަރުޙަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތަށް ބުރޫނާރައި، މެދުކެނޑުމެއްނެތި، ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ކުންފުނިން އަރުވާ ކަމަށާއި، އަދި ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކަވައި ޚަލާޞްކުރެއްވުމަށް އެންމެހައި ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ad