logo

ޑޮލަރު މަދުވާ ސަބަބު ވަރަށް ސާފު, އެއީ ގިނައިން ޚަރަދު ކުރާތީ ދިމާވާ މައްސަލައެއް : ރައީސް ނަޝިދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ރާއްޖެ އިން ޑޮލަރު މަދުވާ ސަބަބު ވަރަށް ސާފު ކަމަށާއި، އެއީ ގިނައިން ޚަރަދު ކުރާތީ ދިމާވާ މައްސަލައެއް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިސާދު މިހާރު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް ކަމަށެވެ. މި ހާލަތުގައި ބުނެދެނީ ހައިޕަރ އިންފްލޭޝަން އުފެދިފަވާ ކަން ކަމަށް ވެސް ނަޝިދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ޚަރަދު އެހާމެ ބޮޑު ކަމަށާއި، މިފަދަ ދަތި ދަނޑިވަޅެއްގައި ކުރަން ނުޖެހޭ އެތައް ކަމެއް މިވަގުތު ސަރުކާާރުން ދަނީ ކުރަމުން ކަމަށެވެ. އަދި ދަރަނި އަނބުރާ ދެއްކުން ނުވަތަ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ އެއްވެސް މަސަައްކަތެއް ނުކޮށް އޮތުމަކީ، ޑޮލަރުގެ އަގު މައްޗަށް ދަމުންދާ އެންމެ ބޮޑު ސަބަބު ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖެ އަށް ޑޮލަރުގެ ބޮންޑެއް ނުވަތަ ލޯނެއް ހޯދައިި، އިޤްތިސާދަށް ރަނގަޅު އަދަދަކަށް ޑޮލަރު ގެނެވެން ނެތްކަން އަދި ނުގެނެވޭކަން ވެސް އެއީ ޑޮލަރުގެ އަގު މައްޗަށްދާން މެދުވެރިބާ ސަބަބެއް ކަމަށް ނަޝީދު ވަނީ ފާހަގަ ކޮށްފައެވެ.

ނަޝީދު ވިދާޅުވީ ތަކެތީގެ އަގު މިހާރު މިދާ ރޭޓުން އުފުލިގެން ގޮސް، ދިވެހި ރާއްޖޭގައި ހައިޕަރ އިންފްލޭޝަން، އަކަށް ވެއްޓި އެއީ ކޮންމެ ހަފުތާ އަކުން ފަންސާސް ޕަސެންޓަށް ތަކެތީގެ އަގު އުފުލުމުން އާންމުކޮށް މާހިރުން އެ ހާލަތުގައި ބުނަނީ ހައިޕަރ އިންފްލޭޝަން އުފެދިފަ ކަމަށް ކަމަށެވެ. ހައިޕަރ އިންފްލޭޝަން އުފެދޭ ޤައުމުތަކަށް އިޤްތިސާދު ދަމަހައްޓަން އުދަގޫވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އާންމު ހާލަތާއި، ރައްޔިތުންގެ ތަނަވަސްކަން ހިފަހައްޓަންވެސް އުދަގޫވާނެ ކަމަށް ނަޝި ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޑޮލަރު ލިބުމުގަ ވަނީ ވަރަށް ބޮޑަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިކަމުގަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިއިރު، ކަޅު ބާޒާރުގައި ޑޮލަރު ލިބޭ އަގު މިހާރު ވަނީ 22 ރުފިޔާ އަށް އަރާފައެވެ.

ad