logo

ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ބަލިން ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕިއޭ އިން ބުނި މި ދުވަސްވަރު މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމުގެ އާދަ އަށަގެންނެވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

ބޭރަށް ހިނގުމުގެ އިތުރުން ތިރީގައިވާ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައި ވެއެވެ.

ބަލިގެ އަލާމަތްތަކުގެ ތެރޭގަ

1. ގިނަގިނައިން ހޮޑުލެވުން

  • މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން
  • ބޮލަށް އެނބުރުން އެރުން
  • އާދަޔާ ހިލާފަށް ކަރު ހިއްކުން
  • އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
  • ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން

ބޭރަށް ހިންގާނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ލޮނުޕެކެޓް، ފެން އަދި ސޫޕު ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމާއި، އަދި ފާޚާނާ ކުރުމަށްފަހުގަޔާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި، ބޭނުންކުރާ ފާހާނާ ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަލީގެ އަލާމާތްތައް ފެންނަ ކުދިން އަލާމާތްތައް މުޅިން ކެނޑޭތާ 24 ގަޑިއިރު ވަންދެން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުންވެސް މި މުއްދަތުގައި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ad