logo

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
23 ދުވަސް ކުރިން

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ތިން ދުވަހަށް މާލޭ ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ގެންދިޔަ މި މުބަރާތުގައި ހަތަރު ކެޓަގަރީއަކުން 33 ކުދިން ބައިވެރިވިއެވެ.

މި ކެޓަގަރީތަކަކީ:

  1. 18 އަހަރުން ދަށުގެ ފިރިހެން ކުދިން
  2. 18 އަހަރުން ދަށުގެ އަންހެން ކުދިން
  3. 16 އަހަރުން ދަށުގެ ފިރިހެން ކުދިން
  4. 14 އަހަރުން ދަށުގެ ފިރިހެން ކުދިން

މިއީ ޖޫނިއަރ ސަރފިންގ މުބާރާތެއްގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާއެކު ވެފައިވާ އެސްބަސްވުން ވަނީ މިދިޔަ އަހަރު އާކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ސަރފިންގައި ޒުވާން ހުނަރުވެރިން އުފައްދާ ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދެއެވެ.

ad