logo

ޓީ20 ޕްރެޒިޑެންޓްސް ކަޕް 2025 ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 މަސް ކުރިން
ވަޒީރު ރާފިޢު، ޓީ20 ޕްރެޒިޑެންޓްސް ކަޕް 2025ގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުން

ވަޒީރު ރާފިޢު، ޓީ20 ޕްރެޒިޑެންޓްސް ކަޕް 2025ގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުން

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ، ޓީ20 ޕްރެޒިޑެންޓް ކަޕްގެ ފައިނަލް މެޗު ބައްލަވާ، މުބާރާތުގެ ނިމުމުގެ ރަސްމިިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅުނު މެޗުގައި ވާދަކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ސީބީއެލް އާއި މާލޭ ސްޕޯޓްސް ކަލްބްއެވެ. ، މާލޭ ސްޕޯޓްސް އިން ތަށި އުފުލާލީ، 4 ވިކެޓުން މޮޅުވެގެންނެވެ.

ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބް އިސްމާއިލް އަލީ އެވެ. އެންމެ މޮޅު އުންތެރިއަކަށް ސީބީއެލްގެ ޕަންޑުކާ ހޮވުނުއިރު، އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ އެމްއެސް އެކަޑަމީގެ ދިލްޝާން އެވެ. އަދި، އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ މުހަންމަދު ރަޔާން ތޮލާލް އެވެ. މީގެ އިތުުރުން، މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ރުވާން ތާރަކައެވެ.

ad