logo

ޔޫ.އެސް ސީ.ބީ.ޕީ އެޓޭޗޭ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރާ ބައްދަލުކުރައްވައިފި

ދިޔާމާ އިބްރާހިމް
9 ގަޑިއިރު ކުރިން

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަޞީޙްގެ އަރިހަށް، ނިއުދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގެ ޔޫ.އެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން (ސީ.ބީ.ޕީ) އެޓޭޗޭ މިސްޓަރ ގަގަންދީޕް ސިންގް އާއި، މާލޭގައި ހުންނަ އެމެރިކާ އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރ މިސް ގަރީމާ ކޯޝަލް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރާއްޖޭގެ އިމިގްރޭޝަން އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ.

ބައްދަލުވުމަށްފަހު، މި ވަފުދުގެ ބޭފުޅުން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ 'ވޯކް އޮފް ލެގަސީ' ނުވަތަ އެ މުއައްސަސާގެ ތާރީޚާއި، ޒަމާނަށް އައި ބަދަލުތަކުގެ މަޢުލޫމާތާއި އެ އިދާރާއަށް ލިބިފައި ހުރި ތަރައްޤީ ދައްކުވައިދޭ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެ މުއައްސަސާގެ ތާރީޚާއި، ޒަމާނަށް އައި ބަދަލުތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

ad