ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގަ އަމިއްލަ ގޮތުން ވާދަކުރެއްވި ވަށަފަރު، ނަރުގިސްވިލާ، ރިޝްމާ އާދަމް ގޮނޑި ކަށަވަރު ކުރައްވައިފިއެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާއަށްބާލާއިރު، ރިޝްމާ ލިބިފައިވަނީ 278 ވޯޓް އެވެ. ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަޙުމަދަށް ލިބިފައިވަނީ 221 ވޯޓްއެވެ.
އިންތިޚާބުގައި ވޯޓުލުން ކުރިއަށްދިޔަ ތިން ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ހުރިހާ ފޮއްޓަކުންވެސް ކުރި ހޯއްދަވާފައިވަނީ ރިޝްމާ އާދަމްއެވެ.
ރިޝްމާ ހޯދި ކާމިޔާބީއަށް ގިނަބަޔަކު ދަނީ މަރުހަބާ ވިދާޅުވަމުންނެވެ.


