ގެދޮރިވެރިޔާ ސްކީމްގެ 16 ނޮވެމްބަރު 2023ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި ގުރުއަތުނުލާ ތިބި މީހުންގެ މެދުގައި ގުރުއަތުލުން މާދަމާއިން ފެށިގެން ކުރިއަށްގެންދަން ނިންމައިފިއެވެ.
ގުރުއަތުގައި ހިމެނޭނީ:
73 އިން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފްލެޓް ލިބުމަށް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގާ މީހުން
76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ، ތިން ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ މީހުން
ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ މީހުން
ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 3 އިން ފެށިގެން ހައުސިން މިނިސްޓްރީގައި ކަމަށް އެ މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނުގައި ވެއެވެ. ގުރުއަތުލުން ކުރިއަށް ގެންދާ މަންޒަރު ދައުލަތުގެ މީޑީއާ، ޕީއެސްއެމް އާއި މިނިސްޓްރީގެ ޝޯޝަލް މީޑީއާ ޕްލެޓްފޯމުތަކުން ލައިވް ކުރާނެއެވެ. އަދި ގުރުއަތު ނެގުމުން ލިބޭ ފްލެޓް ނަންބަރު ގެދޮރުވެރިޔާ ޕޯޓަލްގައި އަޕްޑޭޓް ކުރާނެއެވެ.