ދިވެހި އަންހެނުންނަކީ ހިތްވަރުގަދަ ބައެއްކަން ތާރީހުން ވަނީ ފެނިގެން ގޮސްފައެވެ. އޭރުވެސް އަދި މިހާރުވެސް މިފަދަ އެތައްދިވެހި އަންހެން ކަނބަލުން އެބަތިއްބެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ވަރުގަދަ އަންހެންކަނބަލެއްގެ ވާހަކައަށް ނަޒަރު ހިންގާލާއިރު ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެވާހަކަ ނުހިމެނި ނުދާނެއެވެ. ހަށިގަނޑުގެ އެންމެ ހިމަނާރަށްދާންދެން މުޅި މީހާއަށް އޭގެ އަސަރުކުރުވާ ވޭންދެނެވި ބައެްްޔެއް ތަހައްމަލު ކުރަމުންވެސް އޭނާ އެގަންދަވަނީ ގައުމާއި މުޅި މުޖުތައުއަށް ހެޔޮ ބަދަލު ގެނެސްދިނުމަށް ފިސާރި ވަރުގަދަ އަށް މަސައްކަތް ކުރައްވަމުންނެވެ.
ނޮވެމްބަރު 14 ވަނަ ދުވަހު ރޭ ޕިއެންސީން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވި ލަފްޒް ތަކަކީ އެތައްބައެއްގެ ހިތްތައް ރޮއްވާލި އަސަރުގަދަ ބަސްތަކެވެ. 13000 ވުރެ ގިނަ މީހުން އެއްވި އެ ޖަލްސާގައި އެންމެންގެ ލޯތައް ކަރުނަ ހިލުނީ އޭނާގެ އަސަރުގަދަ ސްޕީޗުންނެވެ. އެކަމަކު އޭނާގެ ހިތްވަރުން އެކަރުނަތައް ފޮހެލެނުފަދަ އިހްސާސެއް އެއްވި މީހުންނަށް ކުރިފަދަ ރާގަކަށް ހީނާ ސާބަހޭ ކިޔާ ގޮވާ އަޑު އިވެމުންދިޔައެވެ. ހިނާ ވިދާޅުވީ، ތަކުރާރުކޮށް އޭނާ އަށް ބަޔަކު މަލާމާތް ކުރާ ކަމަށެވެ. އޭނާ އަށް ފުރައްސާރަ ކުރާ ކަމަށެވެ. މިއީ ސިއްހީ ހާލަތަށާއި އޭނާގެ ސިފައަށް ކަމަށްވެސް ހިނާ ވިދާޅުވިއެވެ. އަދި އަންހެނަކަށް ވީތީ ކަމަށާއި، ދެރޭން އެއްރޭ ސިއްޙި ހާލަތަށާއި ސިފަޔަށް ފުރައްސާރަކުރުމުންދަނީ ހަމަ އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތުމުންކަމަށެވެ.
ގެއެއްގެ ސިޓިންރޫމްގައި ބާއްވާ ޖަލްސާތަކުގައި ވަރަށްބޮޑަށް ފާޑުކިޔާ ކަމަށް އޭނާގެ ރައްޓެއްސަކު ގުޅާފަ ބުނި ކަމަށް ހީނާ އަސަރާއި އެކު ކިޔައިދެމުންދިޔައެވެ. އެކަމަަކު ކިތަންެމެ އެއްޗެއްކީ ނަމަވެސް ރައްދުދޭން ބޭނުން ނުވާ ކަމަށެވެ. އެކަން ކުރާ ބަޔަކު އެކަން ކުރަނީ އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތުމުން ކަމަށެވެ. މަލާމާތްކުރަނީ އަންހެނަކަށްވީތީ ބަލިކޮށްލަން ކަމަށް ވިޔަސް ހީނާ ހުންނެވީ ވަރުގަދަ އަޒުމުގަކަމަށެވެ. އެޖަލްސާގައި ހީނާ އަށް ލިބުނު ވަގުތުކޮޅުގަ ދިން ސްޕީޗްއިން އަންހެނުންނަށް މިސާލަކަށް ނުފެދޭތޯއެވެ. އެ ހިތްވަރުގަދަ އަންހެނާ ދައްކަނީ ހުރިހާ އަންހެނުންނަށް ތިމާފަދައިން ހިތްވަރު ލިބިގަތުމަށެވެ. ހިނާ ސިފަކުރެއްވީ ސިއްހީ ހާލަތަށް ފުރައްސާރަކުރަނީ އިންސާނިއްޔަތުކަމުގެ ކުޑަވެސް ކަންފުޅެއް ނެތީމަ ކަމަށެވެ. އެކަމަކު އިންސާނަކަށްވީތީ އަންހެނަކަށްވީތީ އޭނާ ބަލިކަށިކޮށް ނުލެވޭނެ ކަމަށެވެ.
ބަލިވުމާއި ބަލިން ޝިފާ ދެއްވަނީ ވަކިފަރާތަކުންނެވެ. ބަލިވުމަށްފަހު ބަލިތަހައްމަލުކުރާ މީހާ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ނިކަމެތިކަމާއި މާޔޫސްކަމެވެ. އެކަނިވެރިކަމާއި މޮޅިވެރިކަމެވެ. ނަފްސާނީ ވޭނާއި އުދަގޫތަކެވެ. ގައިންގަޔަށް ނާރާ ބަލި ގިނަ މިރާއްޖޭގަ ކެންސަރުބަލި ވަނީ ވަރަށް ބޮޑަށް ވަކި ހިއްޕާލާފައެވެ. ޙާއްސަކޮށް އަންހެނުންނަށް ކުރިމަތިވާ މިބަލި ފެތުރޭ މިންވަރު އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދުގެ ހަނގީގަތަކީ މިފަދަ ނުރައްކާތެރި ބަލިތައް ތަހައްމަލު ކުރަމުންދާ އެތައްބަޔަކު ވޭނާއި އެކުވެސް ސާބިތުވެތިބިކަމެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދަކީވެސް ކެންސަރު ބަލީގެ ވޭނާއެކު އޭނާގެ ދިރިއުޅުމުން އެހެންމީހުންނަށް މިސާލު ދައްކަމުންދާ ފިސާރި އަންހެން ކަނބަލެއްކަން ދަނީ ފެންނަމުންނެވެ.
ހަށީގަނޑުގައި އަޅާ ވޭނާއެކުވެސް އޭނާގައުމަށް ވަފާތެރިކަމާއެކު އެ ހުންނެވީ ހާދަ ހިތްވަރުގަދަވީމަައެވެ.
އާދެ! ހީނާ އެ ދައްކާ ހިތްވަރާއި އޭނާ އެ ސާބިތުކޮށްދެވަނީ ބައްޔާއެކުވެސް ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެކަމަށެވެ. އެކަމަކު މުޖުތަމައު އޭނާ އަށް މަލާމާތް އެކުރަނީ ކީއްވެ؟ އެއީ އަމިއްލަ އަށް ރަނގަޅުކުރެވޭނެ ކަމެއްނަމަ އޭނާވެސް އެކަން ބޭނުންވާ ދުވަހެއްގަ އެ ވަގުއްގަ އެކަން ރަނގަޅު ކުރީހެވެ. ކެންސަރު ބަލީގެ ވޭން އެންމެ ހިމަނާރަށް އަސަރުކުރާކަން ތިބާވެސް ދަންނާންވާނެއެވެ. އެހެންނޫންނަމަ އެފަދަ ބަލީގެ ވާހަކައިން ހިތްތަކަށް ބިރުވެރިކަން ނުގެނެވޭނެކަންޔަގީނެވެ.
މި ނުރައްކާތެރި ބައްޔާއި ހީނާ ކުރިމަތިލީ ވެސް ހަށިންހިތްވަރުނެރެ އޭނާ މަސައްކަތްކުރަމުންދަނިކޮށެވެ. ގައުމަށާއި މުޖުތަމައު އަށެވެ. އޭނާގެ މަސައްކަތަށް ކުޑަކޮށްވެސް ބުރުލެއް ނައަރައެވެ. ހިތައް އަރަނީ ގަދަ މި ލީޑަރަށް ހަމަހިތުގެ އަޑިން އައްސަރުބަހާއި ސާބަހެވެ. ހީނާ އެދައްކަނީ ކޮންފަދަ ގަދަ ހިތްވަރެއް ހެއްޔެވެ. ގައިމު ޔަގީނެވެ. ވޭންތަކަށް ކެތްނުވެ ރޭގަނޑު ހަމަނިދިވެސް ނުނިދޭނެއެވެ. ލޮލުން ކަރުނަތައް ނުހިކޭނެއެވެ. ސިނކުޑީގަ ހަރުލާފަ ހުންނާނީ ހަމަ އެއްވާހަކައެކެވެ. މިއީ ތިބާ އުޅެންޖެހުނު ހާލެއްނަމަ ނިކަން ވިސްނާލަމާތޯއެވެ. ހީނާ ފަދަ އަންހެނުންނަށް ތިބާ މަލާމަތް ކުރަނީ ކީއްވެ ހެއްޔެވެ. ތިބާގެ ކޮށި ވިސްނުމަށް ހަމަނުވިސްނެނީހެއްޔެވެ. މަލާމާތާއި ފުރައްސާރައަކީ ތިބާއަށް ލިބޭ ބާރަކާއި އާރެއް ކަމަށް ބަޔަކު ހިތައްއެރިނަމަވެސް އެއީހާދަ ގޯސް ކަމެކެވެ.
މިއީ ވަކި އިންސާނަކު ތަހައްމަލުކުރަން ޖެހިދާނެ ކަމެއްނޫނެވެ. ކޮންމެ އިންސާނަކީވެސް އެންމެގަދަފަދަ އިންސާނެކޭ ބުނެ މި ބިންމަތީގަ ތިއްބަސް އެކަނލާގެ މިންވަރު ކުރެއްވިގޮތަށް ކަންކަންވާނެ ކަންޔަގީނެވެ.
ހިނާ އޭނާގެ ސްޕީޗް ނިންމާލީ ތެދުވެރިކަމާއެކު މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމުންނެވެ.
ދަންނަވަންތޯއެވެ. އޭނާ ތަހައްމަލުކުރާ ބަލި އޭނާއަށް ކުރިމަތީވީ އެކަނލާގެ މިންވަރު ކުރެއްވި ގޮތެވެ.


