logo

ގަނާކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅޭނެ ގޮތް ބަލަނީ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ގަނާކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހާއެކު މަސައްކަތްކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ގާނާކުރުމާއި އިޖުތިމާއީ އާންމު މިންގަނޑާއި ހިލާފު އެނޫން ވެސް ކުށްތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކުށްތަކަކީ ސީރިއަސް ކުށެއްގެ ގޮތުގައި ނުވަތަ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތްކުރަމުންއަންނަކަމަށެވެ.

ވަޒީރު ވިދާޅުވީ މިފަދަ ކުށްތަކަކީ ޖިނާޢީ ދައުވާ އުފުލޭވަރުގެ ކަންކަމަށް ހެދޭނެ ގޮތްތައް ދެނެގަތުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މަޝްވަރާކުރައްވަމުން އަންނަކަމަށެވެ. ވަޒީރު ވިދާޅުވީ ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނައަށް ނުރައްކާވެދާ ހާލަތަށް ބައެއް ކަންތައްތައް ހިނގަމުންދާކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅު އެޅޭނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ގަނާކުރުމުގެ މައްސަލަތައް ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތަކުގައާއި މަސައްކަތުގެ މާހައުލުގައި ކުރިމަތިވުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި ހިތާމަވެރި އެތައް ހާދިސާތަކެއްދަނީ ހިނގަމުންނެވެ. މުޖުތަމައުގެ އެކި ފަރާތްތަކުން މިފަދަ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު މިހާތަނަށް އައިއިރު ރާއްޖޭގައި ގާނޫނީ ނިޒާމެއްގެ ތެރޭގައި މިއީ ކުށެއްކަމަށް ކަނޑައަޅައި އެކަމަށްދެވޭނެ އަދަބެއް ކަނޑައަޅާފައި ނުވެއެވެ.

ad