logo

މުންދު ކުރީގެ ރައީސް ޔާމީނަށް، ކަންކަން ހަނދުމަފުޅު ނެތޭލެއް މާ އަވަސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރީގައި ހިނގާފައިވާ ކަންކަން ހަނދުމަފުޅު ނެތޭލެއް އަވަސް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެވެ.

މުންދު މިފަދައިން ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ޔާމިން ދެއްކެވި ވާހަކައަކާއި ގުޅިގެން ރައްދު ދެއްވާ އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ބޮޑުބައެއްގައި ރައީސް ޔާމީން އޮންނަން ޖެހިވަޑައިގަތި ޖަލުގައި ކަމަށާއި، އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ރައީސް ޔާމީން ޖަލުގައި އޮންނަން ޖެހުނު ކަަށެވެ. އެގޮތުން ދުނިދޫގަޔާއި، އާރަށުގައި ބަންދުގައި ބެހެއްޓެވި ހަނދާން ހަމަނެތުނީތޯ މުންދުވަނީ ސުވާލު އުފައްދަވާފައެވެ. އޭރުވެސް ޔާމީނާއި އެންމެ ކައިރިން މަސައްކަތް ކުރި އެކަކަކަށް އެމަނިކުފާނުވާނެ ކަމަށާއި، އަސަރާއި އެކު އައިލާއަށް ކަންކަން ހިިނގައިދިޔަ ގޮތް އޭރު ކިޔަދިން ކަމަށެވެ.

ނަމަވެސް ޔާމިން ވިދާޅުވީ ތިން ރައީސުން އެއް ރައީސަކު އަނެއް ރައީސަކަށް ހައްޔަރު ކުރި ވާހަކަ މުންދު ވިދާޅުވަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ހައްޔަރު ކުރި ނަމަވެސް ހިޔާލުތަފާތުވުން އެއްފަރާތަކަށް ޖައްސާ މިހާރު ވަނީ މުޅި ގައުމުގަ ހައްގުގައި ތެދުވާން ޖެހިފައި ކަމަށެވެ.

އަދި ޔާމީންގެ ވާހަކައިގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ނަޝީދާއި ދެކޮޅަށް މައްސަލަ ހުށަހެޅުމަށް ވަހީދު ނިންމެވިއިރު، އެ ކެބިނެޓްގައި މުއްދު ވެސް އިންނަވާނެ ކަމަށާއި އެހެންކަމުން ކަންކަމުގެ ހަގީގަތް ބައްލަވާފައި މުއްދު ވާހަކަދެއްކުން ރަނގަޅު ކަމަށެވެ.

މުންދު ވިދާޅުވީ އޭނާއަށް ލިބިފައިވާ މައުލޫމާތު ނުވަތަ ކޮށްފައިވާ ދިރާސާ ގޯސް ނޫން ކަމަށާއި، ޔާމީން ކަންކަން ހަނދުމަފުޅު ނެތޭލެއް ހަމަ އަވަހީ ކަމަށެވެ.

ad