logo

ސައްޚަ ނޫން ސްލިޕް ފޮނުވައިގެން ސައިކަލެއް ހޯދާފައިވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކޮށްގެން ބޮޑު އަގުގައި ސައިކަލެއް ހޯދާފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލދޭޝް / ސޮލައިމާން އާމިރު (23އ)އެވެ.

މަކަރާއި ހީލަތުގެ މި ވިޔާފާރީގެ މުއާމަލާތް އޭނާ ކޮށްފައިވަނީ ވައިބަރ މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުހުޅުމާލޭ ފޭސް 1 ގައި ހުންނަ ސާވިސް ސެންޓަރެއްގެ މުވައްޒަފުންނާއެވެ.

އެގޮތުން ސައްހަ ނޫން ސްލިޕް އެ ސެންޓަރަށް ޓްރާންސްފަރކޮށްގެން 92،000 (ނުވަދިހަ ދެ ހާސް) ރުފިޔާގެ އޭ.ޑީ.ވީ 160މޮޑެލްގެ ހޮންޑާ ސައިކަލެއް ހޯދާފައިވެއެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ 2026 މާރިޗު 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި އޭނާގެ ބަންދަށް ފުރަތަމަ ފަހަރުވެސް ދީފައިވަނީ 15 ދުވަހެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ad