logo

ކަނޑުމަތީގެ ގާނޫނާ ހިލާފު ހަރަކާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން އިންޑިއާގައި ބޭއްވި ޕްރޮގްރާމުގައި ފުލުހުން ބައިވެރިވެއްޖެ

މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއިން އިންތިޒާމުކޮށްގެން އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދިޔަ "ކޯޑިނޭޓެޑް ރެސްޕޮންސް ޓު އިލިސިޓް މެރިޓައިމް އެކްޓިވިޓީސް އިން ދަ އިންޑިއަން އޯޝަން ރީޖަން" ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

2026 ސެޕްޓެމްބަރު 9 އިން 11 ގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މެރިން ޕޮލިސްގައި މަސައްކަތްކުރައްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ނަދީމް ޙަބީބް އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒަހީރު ޢީސާއެވެ.

މި ޕްރޮގްރާމަކީ މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ގާއިމުކޮށް، މެރިޓައިމް ޑޮމެއިން އެވެއަރނަސް ގުޅުން އިތުރަށް ހަރުދަނާކުރުގެ ބޭނުމުގައި ހިންގި ޕްރޮގްރާމެކެވެ. އަދި، ކަނޑުމަތީގައި ހިންގާ ގާނޫނާ ހިލާފު ކަންކަމުގައި ބައިވެރިވާ އުޅަނދުފަހަރު ހުއްޓުވުމަށާއި ދައުވާ އުފުލުމުގައި ބޭނުންކުރާ ގާނޫނީ އޮނިގަނޑުތަކާއި އިޖުރާއާތުތައް ދެނެގަތުމުގެ އިތުރުން، ކަނޑުގެ ސިފައިންނާއި، ކޯސްޓްގާޑާއި، ކަސްޓަމްސްއާއި، އިންޓެލިޖެންސް އިދާރާތަކާއި ކަނޑުމަތީގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން އަމަލީގޮތުން ޕްރެކްޓިސް ކުރުން ހިމެނެއެވެ

މީގެއިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކަނޑުމަތީގެ ކުށްތަކަށް އެޓެންޑްވުމުގައި އަމަލުކުރާނެ އެއް އުއޫލުތަކެއް ކަނޑައެޅުމަށާއި، އޮޕަރޭޝަނަލް ދާއިރާތަކުގައި ހުރި ދަތިތައް ދެނެގަނެ، ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް ބައިވެރިންގެ މެދުގައި ވަނީ ހިއްސާކޮށްފައެވެ.

ad