logo

ފްލެޓުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުގައި ފަރުވާދެނީ  

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ހުޅުމާލޭ ފޭސް ދެއްގެ ފްލެޓުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އަމާން ދޯދި 5ގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 23:14 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުން ކަމަށާއި، މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުން ކަމަށެވެ. މިހާރު އެކުއްޖާ ވަނީ އައިޖީއެމްއެޗް އަށް ބަދަލުކޮށްފައެވެ. އަދި ފަރުވާދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް ވެސް އައިޖީއެމްޗްއިން ވަނީ މައުލޫމާތު ދީފައެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތަށް ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ. ޙާއްސަކޮށް ހުޅުމާލޭގައި މިފަދަ ހާދިސާތަކެއް ހިނގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ad