logo

ކޮންސްޓަބަލް ފުލުހުން ހޯދަން އިއުލާން ކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ފުލުހުންގެ މުއައްސަސާ އަށް ކޮސްޓަބަލުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ ދެ ޖިންސްގެ މީހުންނަށް ވަނީ މި މަހުގެ 15 އާ ހަމައަށް ފުރުސަތު ހުޅުވާލައިފަ އެވެ.

މަގާމުގެ ޝަރުތަކުތަކުގެ ތެރޭގަ 18-35 އަހަރާ ދެމެދުގެ މީހުންނަށްވުމާއި ފިރިހެނަކު ނަމަ، އިސްކޮޅުން 5 ފޫޓް 5 އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުން 5 ފޫޓް 2 އިންޗް ހުންނަން ޖެހެ އެވެ.

އަދި އެސްއެސްސީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އޯ ލެވެލް އިމްތިޙާނުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ފަދަ ޚާއްޞަ ފަންނީ ހުނަރެއް ލިބިފައިވުން ހިމެނެ އެވެ.

މި މަގާމުގެ އަސާސީ މުސާރަ އަކީ މަހަކު 8,990ރ. އެވެ. މީގެ އިތުރުން މަޤާމުގެ އެލަވަންސަށް މަހަކު 6,510ރ. އާއިފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތަކާއި ކެއުމާއި ބޭސްފަރުވާ ލިބޭނެ އެވެ.

ad