logo

ކ އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް އެލާޓް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭނެ ކަމަށް ކ އަތޮޅުން ފެށިގެން ވ އަތޮޅަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ވައި ހުންނާނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 3 ފޫޓް އާއި – 6 ފޫޓު ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

ad