logo

ހަކުރުބަލީގެ ދުވަހު އައްޑޫގައި ފެތުމުގެ ހަރާކަތެއް

މަރްޔަމް
16 ގަޑިއިރު ކުރިން

ދުނިޔޭގެ ހަކުރު ބައްޔާ ބެހޭ ދުވަހާ ގުޅުވައިގެން އައްޑޫ ސިޓީގައި ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިި އެވެ.

މިއީ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޤައުމީ ފެތުމުގެ ޚާއްޞަ ހަރަކާތް "މޯލްޑިވްސް ސްވިމް ފޯ ޑައެބެޓީސް" ގެ ތެރެއިން ބާއްވާ ހަރަކާތެކެވެ.

އައްޑޫގައި މި ހަރަކާތް ކުރިއަށް ގެންދަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ފަރާތުންނެވެ. އެގޮތުން އައްޑޫގައި ފެތުން ކުރިއަށް ގެންދާނީ ހިތަދޫ ސްވިމިން ޓްރެކްގައި މާދަމާ ހަވީރު 4:00-6:00 އަށެވެ.

މި ހަރަކާތުގެ ތެރެއިން ހަކުރު ބައްޔާ މެހޭ މައުލޫމާތު ފޯރުކޮށް ދިނުމާއި އެ ބައްޔަށް ޓެސްޓް ވެސް ކޮށް ދޭނެ އެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން ހޮސްޕިޓަލުން އެދެ އެވެ.

ad