ސ. ފޭދޫގެ ނުވަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ބުނީ ސ. ފޭދޫގައި ފެންބޮޑުވެ، ނުވަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އެންޑީއެމްއިން ބުނީ މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަދި ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެއް ގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހިދުމަތް ތިން ދުވަހުގެ މުއްދަތަށް އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ.

.jpg&w=256&q=75)
