logo

ފ. ފީއަލީ އައިސްޕްލާންޓުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

މިދިޔަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އެ ސަރަހައްދުގައި އޮތް ތިން ދޯންޏަކަށް ލިބުނު ގެއްލުުމުގެ ތެރޭގައި އަދާފައިވާ ފީއަލީ އައިސްޕްލާންޓްގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ފިއަލީ ކައުންސިލް އިން އެދިއްޖެއެވެ.

ފީއަލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު އަސްލަމާއި، ވަޒީރު އަޙްމަދު ޝިޔާމް، އާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ލިބުނު ގެއްލުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށާއި، އައިސްޕްލާންޓުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަކޮށްގެން އެ ރަށުގައި ވަދުކަނދުފައްޗެއް އެޅުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ވަޒީރު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ވެސް ހިއްސާކުރައްވާފައެވެ.

ފީއަލީ އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އެ ތަން މިފްކޯއާ ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް މިފްކޯއިން ވަނީ ބުނެފައެވ

ad