logo

ހިމަބިހި ޖެހުނު މީހުންގެ އަދަދު 22އަށް އަރައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

މިދިޔަ މޭ މަހުންފެށިގެން ހިމަބިހި ޖެހުނު މީހުންގެ އަދަދު 22އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހިގެ ވޭދަނަތަކެއް އުޅޭކަން ފާހަގަ ކުރެވިގެން ކަމާގުޅޭ އިދާރާތަކުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް ހިމަބިއްސަށް 22 މީހުން ފައްސިވެފައިވާ ކަމަށެވެ. ސިއްހީ މާހިރުންދަނީ ހިމަބަހީގެ ކޭސްތައް ފެނުމާއި ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލިޖެހުނުގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި، ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ މަރުހަލާ ފުރިހަމަ ކުރަމުންނެވެ.

އެޗްޕީއޭ އިން ބުނީ ހުން އައުމާއި ހަށިގަނޑުން ރަތް ބިހިތަކެއް ނަގައިފި ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ. އަދި ހޮސްޕިޓަލްތަކަށް ދާއިރު މާސްކް އަޅައިގެން ދިއުމަށްވެސް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވެއެވެ.

ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި، ވީހާވެސް ބޮޑަށް ރައްކާތެރިވެ ތިބުމަށްވެސް އެޗްޕިއޭއިން އެދިފަވެެއެވެ.

ad