logo

އަނިޔާވެރި ގޮތަކަށް މަރާލިޢަބްދުއްރަޙްމާންގެ މަރު: ކުޑަކުއްޖެއްގެ ބަޔާން ހުށަހަޅައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

އއ. މާޅޮހުގައި މިދިޔަ އަހަރު ޖުލައި 12 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ ތަހުގީގަށް ކުށް ސާބިތުކުރުމަށްޓަކައި ކުޑަކުއްޖެއްގެ ބަޔާން ހުށަހަޅައިފިއެވެ.

އަބްދުއްރަހްމާންއަށް ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އަބްދުއްރަހްމާންއަށް ހަމަލާދިންއިރު, އޭނާ ނިދާފައި އޮތީ ވަކި ކޮޓަރިއެއްގައި އެކަންޏެވެ.

މާޅޮހުގައި ނިދާފައި އޮއްވާ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީ ރަޙްމުކުޑަ ގޮތަކަށް މަރާލީ 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ މަރުގެ މި މައްސަލައިގެ ތަހުގީގުގައި ތިން މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައިވާއިރު، ކުށް ސާބިތުކުރުމަށްޓަކައި ކުޑަކުއްޖެއްގެ ބަޔާން ވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލި މައްސަލާގައި އެރަށު ތިން މީހަކަށް ދައުލަތުން ދައުވާކުރެ އެވެ.

އެގޮތުން ދައުވާ ކުރަނީ ނުރައްކާތެރި ހަތިޔާރަކުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެރަށު ފިޔަ، އަހުމަދު އާޝިދުގެ މައްޗަށެވެ. ދެން ދައުވާ ކުރަނީ އެކަމުގައި ބައިވެރިވިކަމުގެ ދައުވާ އެއްގެ ގޮތުގަ ލިލީފެހި، މުހައްމަދު ވިސާމާއި އެރަށު ފިނިވާގޭ އަހުމަދު ފާރިސްގެ މައްޗަށެވެ.

ad