logo

"ފައިސާރެމިޓް" ގެ ނަމުގައި އައު ޑިޖިޓަލް އިންޓަރނޭޝަނަލް ރެމިޓެންސް ޚިދުމަތެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

"ފައިސާރެމިޓް" ގެ ނަމުގައި އައު ޑިޖިޓަލް އިންޓަރނޭޝަނަލް ރެމިޓެންސް ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ..ފައިސާރެމިޓް" ގެ ނަމުގައި އައު ޑިޖިޓަލް އިންޓަރނޭޝަނަލް ރެމިޓެންސް ޚިދުމަތް ފަށައިފިއެވެ.

އެމްއައިބީ އިން ބުނީ އެ ޚިދުމަތުގެ ދަށުން ހުއްދަކުރެވިފައިވާ ބޭނުންތަކަށް ޓްރާންސެކްޝަނަކަށް 50 އެމެރިކާ ޑޮލަރާއި 5,000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވޭނެ ކަމަށެވެ.

އަދި ބްރާންޗަކަށް ޒިޔާރަތްކުރަން ނުޖެހި، އެމްއައިބީގެ ފައިސާނެޓް މެދުވެރިކޮށް ދުނިޔޭގެ 15 ގައުމެއްގެ ބޭންކު އެކައުންޓްތަކަށާއި އިލެކްޓްރޯނިކް ވޮލެޓްތަކަށް ސީދާ ފައިސާ ފޮނުވޭނެ ކަމަށާއި، ޓްރާންސެކްޝަންތައް ވަގުތުން ނުވަތަ އެދުވަހުން އެދުވަހަށް ޖަމާވާނެކަމަށެވެ.

މި ހިދުމަތް މިހާރު ފުޅާވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނޫ އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް، ސިންގަޕޫރު، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، ޔޫއެސްއޭ އަދި ވިއެޓްނާމް އެވެ.

ad