އަންހެނެއްގެ އަތުން ފެނުނު ޑްރަގާ މީހަކު ހަވާލުވުމުން ޕީޖީން މައްސަލަ ދޫކޮށްލައިފިއެވެ.
ޕީޖީން ބުނީ މި މައްސަލާގައި ދައުވާކުރީ ދެމަފިރިންގެ މައްޗަށް ކަމަށާއި، ފިރިމީހާ ބުނަނީ ފުލުހުން ހުއްޓުވި ވަގުތު އަނބި މީހާ އަތަށް ފޮރުވަން ދިން އެތީގައި މަސްތުވާތަކެތި ހުރިކަން އަނބި މީހާއަށް ނޭނގޭނެ ކަމަށެވެ.
އަނބި މީހާވެސް ބުނަނީ ފިރިމީހާ ކުއްލިއަކަށް ދިން އެތި ފޮރުވައިދިންކަމަށާއި، އޭގައި ޑްރަގްސް ހުރިކަން ނޭނގޭކަމަށެވެ. ފިރިމީހާއަކީ ކުށުގެ ދިގު ރެކޯޑެއް އޮތް މީހެއް، އަނބި މީހާގެ އިތުރު ރެކޯޑެއް ނެތް ކަމަށާއި، އަނބި މީހާގެ ދައުވާ އަނބުރާ ގެނައީ ފިރިމީހާ ޝަރީއަތުގައި އިއުތިރާފުވުމުން ކަމަށެވެ.
ހުކުމްކޮށް ނިމުނީމަ އާންމު އުސޫލެއްގެ ގޮތުން އެހެން މީހަކު ޒިންމާ ނެގިޔަސް އަނެކާ ކުށުން ބަރީޢައެއް ނުވާނެ ކަމަށާއި، އެކަމަކު އެކި މައްސަލަތަކުގެ ހާދިސާ ހިނގާ ގޮތުން ހާލަތު ތަފާތުވާ ކަމަށްވެސް ޕީޖީން ވަނީ ބުނެފަެވެ.

.jpg&w=256&q=75)
