logo

މިނިސްޓަރު ޝިޔާމްގެ ތައުރީފް ސައީދަަށް، ވިދާޅުވީ އޭނާއަކީ ހަވާލުވާ ކޮންމެ ކަމެއްގައި ނަތީޖާ ނެރެދެއްވާ ބޭފުޅެއްކަމަށް

މަރްޔަމް
6 ގަޑިއިރު ކުރިން

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުއަކީ ހަވާލުވެ ވަޑައިގަންނަވާ ކޮންމެ ކަމެއްގައި ނަތީޖާ ނެރެދެއްވާ ބޭފުޅެއްކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މިނިސްޓަރ ސަޢީދުއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފިއެވެ.
ސަޢީދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ނަމަވެސް ބޮޑު އަޣުލަބިއްޔަތުން ވަނީ މުޙައްމަދު ސައީދުއަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފައެވެ.
ސަޢީދުގެ އިތުރުބާރު އޮތް ކަމަށް ފާސްކޮށްފައިވަނިކޮށް މިނިސްޓަރު ޝިޔާމް މިއަދު އެކްސްގައި ވިދާޅުވީ އޭނާ މިނިސްޓަރު ސަޢީދު ދަންނަންފެށީ 2013 ގައި އުފެދުނު ޕީޕީއެމް ގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. އަދި މިނިސްޓަރ ސަޢީދު ފާހަގަ ކުރެވެނީ ހަވާލުވެ ވަޑައިގަންނަވާ ކަމެއް ޑެލިވާ ކުރައްވަން ކޮމިޓްމަންޓާއެކު މަސައްކަތްޕުޅު ކުރައްވާ ނަތީޖާ ނެރުއްވާ ބޭފުޅެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ސަޢީދުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ މިނިސްޓަރ ސަޢީދުގެ ގިނަ މައްސަލަތަކެއް ފާހަގަކުރުމަށް ފަހުއެވެ. އިދިކޮޅު އެމްޑީޕީން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި، އިޤްތިޞާދީ ރިފޯމްތައް ގެނައުމަށް އެދެވޭ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވި، ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް އަރައިގެން ދިއުމާއި މީގެ އިތުރުން ދައުލަތުގެ މާލީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދުބާއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ބޭއްވި އިންވެސްޓަރ ފޯރަމްތަކަށާއި ރަސްމިއްޔާތުތަކަށް ބޮޑެތި ޚަރަދުތަކެއް ކޮށް، އޭގެ ތަފްޞީލާއި އިންވެސްޓްމަންޓްތަކުގެ މަޢުލޫމާތު ހާމަކޮށްފައި ނުވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ad