logo

ޤައުމީ ކުތުބުޚާނާގައި ޕާކިސްތާނު ފޮތްތަކަށް ޚާއްޞަ މުޙައްމަދު ޢަލީ ޖިނާހު ކޯނަރ ހުޅުވައިފި

މަރްޔަމް
7 ގަޑިއިރު ކުރިން

ޤައުމީ ކުތުބުޚާނާގައި ޕާކިސްތާނަށް ޚާއްޞަ ކުރެވިފައިވާ ކަލެކްޝަނަކާ އެކު "މުޙައްމަދު ޢަލީ ޖިނާހު ކޯނަރ " ހުޅުވައިފިއެވެ.

މިކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކޯނަރ ހުޅުވައިދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ފައިސަލް ރަސޫލް ލޯދީ އެވެ. އެމަނިކުފާނުގެ އަރިހުގައި ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
undefined

މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުމާއި ސަޤާފަތާ ގުޅެގޮތުން ޕާކިސްތާނުގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތަށް ފަހު މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ޢަލީ ވިދާޅުވީ ރާއްޖެއާއި ވަރަށް ގިނަ ޤައުމުތަކުގެ ގުޅުން ބަދަހި ވެފައިވާ ކަމަށާއި ޚާއްްޞަކޮށް އިސްލާމީ ޤައުމުތަކާއި ރާއްޖެއާއިމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމުގައެވެ. މީގެ އިތުރުން މީގެ ކުރީގައިވެސް ބްރިޓީޝް އަދި ޗައިނާ ފަދަ ޤައުމުތަކުން މިފަދަ ކޯނާތައް ހުޅުވާފައި ހުރި ކަމަށް ވެސް ޢަބްދުﷲ ޢަލީ ވިދާޅުވިއެވެ.

އެތަންތަން އެހެން އިމާރާތްތަކަށް ބަދަލު ވެގެން ދިޔަ ފަހުން ޕާކިސްތާނުގެ އެދުމަށް އަނެއްކާވެސް އެފަދަ ކޯނާ އެއް ހަައްދަވައި ދެއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކޯނާ ހެދުމުގައި ކިޔަވާ ކުދިންނާއި ރިސާޗް ކުރާ މީހުންނާއި ޢާއްމުންގެ މަންފާއާއި ލާބައަށް ވިސްނާފައި ވާނޭ ކަމަށާޢި އަލަށް އުފެދިގެން އަންނަ ލިޔުން ތެރިންނަށް ވެސް މިކޯނާއިން ޕާކިސްތާނާ ބެހޭ ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނޭ ކަމުގައި ޢަބްދުﷲ ޢަލީގެ ވާހަކަފުޅުގައި ފަާހަގަކުރެއްވިއެވެ.

ހަމައެހެންމެ ޒަމާނަށް އަންނަ ތަރައްޤިޢާއި އެއްގޮތައް ފޮތްތަކާއި ލިޔުންތައް ޑިޖިޓަލައިޒް ކުރެވިގެން ދިޔަ ނަމަވެސް އަތް ލެވޭގޮތައް، ކިޔޭ ގޮތައްވެސް ފޮތްތައް ލިބެން ހުންނާނެ ކަމަށް ޢަބްދުﷲޢަލީގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.

undefined

ad