ހުޅުމާލެ ސްޓެލްކޯ ސަރަހައްދު ފަޅުތެރެއަށް ވަލެއް އައްސަން މޫދަށް ފޭބިފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ، ހުޅުލޭ ސީޕްލޭން ޓާމިނަލްގެ ފަޅުތެރޭގައި އަޑީގައި ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
އިއްޔެ އިރުއޮއްސި 18:30 ހާއިރު ހިނގި މި ހާދިސާގައި ގެއްލިގެން ހޯދާފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ހުޅުލޭ ސީޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖެއްގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ.
ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ / ރަތްވިލާގެ ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ. އެމީހާގެ ހަށިގަނޑު ފެނުނީ މޫދުގެ އަޑިންނެވެ. ފެނުނީ މިއަދު ހެނދުނު 8:25 ކަންހާއިރުއެވެ.
ފުލުހުން ބުނީ، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

